logo

ރ. އަތޮޅު ކައުސިލް އިދާރާއަށް ސިހުރު ހެދި ދެ މީހަކު ހައްޔަރުކޮށްފި

މަރްޔަމް މަޢާޝާ އިލްޔާސް

މަރްޔަމް މަޢާޝާ އިލްޔާސް

23 ފެބްރުއަރީ 2025 - 08:16
ރ. އަތޮޅު ކައުސިލް އިދާރާއަށް ސިހުރު ހެދި ދެ މީހަކު ހައްޔަރުކޮށްފި

ސިހުރު ހެދި މައްސަލާގައި ހައްޔަރު ކުރި ދެ މީހުން—

SHARE

ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރުގެ ދަށުންކަމަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، (61އ) އާއި އެ ރަށު ނަސީމީ ހިޔާ، މުހައްމަދު ވަހީދު (67އ)އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ފުލުހުންނަށް ރިޕޯޓްކުރާ މިފަދަ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކުޅުދުއްފުށި ސިޓީގައި ވެސް ސިހުރުގެ މައްސަލަ ބޮޑުވެ ހިންގި އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައި ފާސްކޮށް އޭގެތެރެއިން އަށް ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/