މާޗު މަހުގައި ފުލުހަށް ރިޕޯޓު ކުރި މައްސަލަތަކުގެ އަދަދު މަދު

މަރްޔަމް މާޙީ

ފުލުހުން --
SHARE
މިއަހަރުގެ ފެބުރުއަރީ މަހާ އަޅައިބާލާއިރު މާޗު މަހުގައި ފުލުހަށް ރިޕޯޓުކުރި މައްސަކަތަކުގެ އަދަދު މަދުކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު މާޗު މަހުގައި ޖުމުލަ 757 މައްސަލަ އެއް ރިޕޯޓު ކޮށްފައިވާއިރު ފެބުރުއަރީ މަހުގައި ރިޕޯޓު ކޮށްފައިވަނީ 887 މައްސަލަ އެވެ.
މިދިޔަ މާޗު މަހުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެޕިކް އެކްސިޑެންޓުތަކެވެ. އެގޮތުން 233 ޓްރެޕިކް އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު, ދެން އެންމެ ގިނައީ ވައްކަން އަދި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 199 ވައްކަމުގެ މައްސަލައާ 123 މަސްތުވާތަކެތީގެ މައްސަލައެވެ.
މިއަހަރުގެ މާޗު މަހު ކުށް ރިޕޯޓުކުރެވުނު އަދަދު މަދުވެފައިވާއިރު މިދިޔަ އަހަރުގެ މާޗު މަހާ އަޅައިބަލާއިރު ކުށުގެ ރިޕޯޓުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން 2024ވަނަ އަހަރުގެ މާޗުގައި ޖުމުލަ 301 ޓްރެޕިކް އެކްސިޑެންޓު, 331 ވައްކަމުގެ މައްސަލަ އާއި 129 މަސްތުވާތަކެތީގެ މައްސަލަ ހުށައަޅައިފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
.png&w=3840&q=75)