
SHARE
މައްސަލަ ހައްލުކޮށް ށ. ފުނަދޫ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.

ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފުނަދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާކަން މޯލްޑިވިއަނުން މިއަދު ހާމަކުރިއެވެ.
އެނގިފައިވާގޮތުގައި މިހާރު ވަނީ ދިމާވި މައްސަލަ ހައްލުކޮށް އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ.
އެހެންކަމުން މޯލްޑިވިއަނުން ވަނީ މާލެއިން ފުނަދުއަށް އަދި ފުނަދުއިން މާލެއަށް ޝެޑިއުލް ދަތުރުތައް އަލުން ފަށަން ނިންމާފައެވެ.
ދަތުރުތަކާ ބެހޭ މައުލޫމާތު އެ އެއާލައިންގެ ކޯލް ސެންޓަރު 1671 އަށް ގުޅުމުން ލިބޭނެއެވެ.
.png&w=3840&q=75)