logo

މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" ލޯންޗުކޮށްފި

މުހައްމަދު ޔަމީން

މުހައްމަދު ޔަމީން

20 ޑިސެމްބަރު 2025 - 10:01
މާފުށި އިން
މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" ލޯންޗުކޮށްފި

މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

SHARE

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ތަރައްގީވެފައިވާ ކ. މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" ލޯންޗުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރޭ މާފުށީގައި އޮތް ހަފްލާއެއްގައި މި ބްރޭންޑު ލޯންޗުކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުުގައި މާފުށީ ކައުންސިލާއި، ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ އިސްވެރިންގެ އިތުރުން މާފުށީގައި ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ އިސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ޖަލްސާައި ވާހަކަދައްކަވަމުން މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހް ވިދާޅުވީ އެ ބްރޭންޑް ތައްޔާރުކުރުމުގައި ބަލާފައިވަނީ މާފުށީގެ ޓޫރިޒަމް ސިނާއަތުން ފެންނަ އެކި ކަންކަން އެއްކޮށް ދައްކުވައިދިނުމަށް ކަމަށެވެ.

"އަޅުގަނޑު ބޭނުންވީ މާފުށީ ބްރޭންޑް ލޯންޗުކުރާއިރުގައި ހަމަ ހަގީގަތުގައި ވެސް މާފުށީގައި ހުރި އެއްޗެއްގެ ވާހަކަ ގެންނަން" އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު ރާއްޖޭގައި ކުރިއަރާފައިވާ ލޯކަލް ޓޫރިޒަމްގެ ސިނާއަތަކީ ޝަހުސެއް ކަމަށް ބަލައިފިނަމަ. އޭގެ ހިތަކަށް ވާނީ މާފުށި ކަމަށް އޭނާ ވިދާޅުވިއެވެ. ސޮލާހު ވިދާޅުވީ މާފުށީގައި ފުޅާވި ސިނާއަތުގެ ފައިދާ މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މާފުުށީގެ ލޯކަލް ޓޫރިޒަމްގެ "ވިންދު" ރާއްޖޭގެ 110 ރަށުގައި އެކި ވަރުގައި ޖަހަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

undefinedމާފުށީގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވާހަކަދައްކަވަނީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މާފުށީގައި މި ސިނާއަތް ފުުޅާވުމުގެ ސަބަބުން އެ ރަށުގެ އިގުތިސާދު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ދެމެހެއްޓުމަށްޓަކައި، ރަށުގެ އިގުތިސާދީ މައުލޫމާތުތައް އެއްކޮށް ކުރިމަގަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މި ހަފްލާގައި، މާފުށީގައި އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވި، އެމްއެމްއޭގެ ކުރީީގެ ގަވަރުނަރު އަހްމަދު ނަސީރާއިި، ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަދި މާފުށީގައި އެންމެ ފުޅާދާއިރާގައި އެ ވިޔަފާރި ކުރައްވާ އަބްދުﷲ ނަޝީދު ވެސް ވާހަކަދެއްކެވިއެވެ. ދެ ބޭފުޅުން ވެސް ވަނީ މާފުށީގައި މި ސިނާއަތު ކުރިއަރައި ދިޔުމުގައި އެ ރަށުގެ ރައްޔިތުންގެ މަސައްކަތްތެރި ކަމާއި، ވިޔަފާރީގެ ރޫހު މުހިއްމު ދައުރެއް އަދާކުރިކަން ފާހަގަކުރައްވާފައެވެ.

މާފުށީގެ އާ ޓޫރިޒަމް ބްރޭންޑުގައި އެރަށުގެ ފަތުރުވެރިކަމާ ގުޅޭ އެކި ބައިތައް ވަނީ ހިމަނާފައެވެ. އެރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިން ބަލަހައްޓާ ބްރޭންޑު، ބޭނުން ކުރުމަށް ދޫކޮށްލާނީ ގެސްޓްހައުސް ސިނާއަތުގެ މަސްލަހަތުވެރިންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d