logo
World Cup 2026

ޑޮލަރު އަގުބޮޑުވެގެން އުޅެން ޖެހެނީ އެމްޑީޕީގެ ވެރިކަންތަކުން ކަން ކުރެއްވިގޮތުން: ސައީދު

މިންހާ އަބްދުالله

6 ޖުލައި 2026 - 08:51
ޑޮލަރު އަގުބޮޑުވެގެން އުޅެން ޖެހެނީ އެމްޑީޕީގެ ވެރިކަންތަކުން ކަން ކުރެއްވިގޮތުން: ސައީދު

މިނިސްޓަރު ސައީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި / ފޮޓޯ: މަޖިލިސް އިދާރާ

SHARE

ޑޮލަރު އަގުބޮޑުވެގެން އުޅެން ޖެހެނީ މީގެ ކުރިން އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ކަންތައް ކޮށްފައިވާ ގޮތުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާލުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑޮލަރުގެ އަގު ކުޑަވެގެން ދާނީ ކޮން ދުވަހަކުންތޯ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ކުރެއްވި ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވީ މިދިޔަ ވެރިކަމުގައި ކަންތައް ކުރެއްވި ގޮތުން ޑޮލަރުގެ އަގު މައްޗަށް އަރައިގެންދާނެ ކަމަށް އޭރުވެސް އިދިކޮޅުގައި ތިއްބެވި މެމްބަރުން ވިދާޅުވަމުން ދިޔަ ކަމަށެވެ.

ސައީދު ވިދާޅުވީ އެ ސުވާލު ކުރައްވާއިރުވެސް ޑޮލަރުގެ އަގުބޮޑުވެގެން ދިޔައީ މިދިޔަ ވެރިކަމުގައި ކަން ކުރެއްވި ގޮތުންކަން ސުވާލު ކުރައްވާ އެމްޑީޕީ ބޭފުޅުންނަށް އެނގިލައްވާނެ ކަމަށެވެ. މިހާރު ޑޮލަރު އަގުބޮޑުވެފައިވާ ސަބަބަކީ މިދިޔަ ވެރިކަމުގެ މަޖިލީހުގައި، ގާނޫނު ސަސްޕެންޑް ކުރައްވައިގެން ފައިސާ ޗާޕުކުރުން ކަމަށް ސައީދު ވިދާޅުވި އެވެ.

"އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެ ވާހަކަ އަޅުގަނޑުމެން އޭރު ދެއްކިން،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޑޮލަރުގެ ރޭޓުގައި 10 ރުފިޔާ އާއި 15 ރުފިޔާގެ ބޭންޑެއް އެޅުވިކަން ފާހަގަކުރައްވައި ޑޮލަރު ނުލިބުމާއި އަގުބޮޑުވުމުގެ މައްސަލަތަކުން ސަލާމަތް ނުވެވިގެން އުޅެން ޖެހެނީ އެފަދަ ކަންކަމުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވި އެވެ.

ޑޮލަރުގެ ތާށިކަމާއި ޑޮލަރު އަގުބޮޑުވުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީގެ ވެރިކަންތަކުން ކަމަށް ތަކުރާރުކޮށް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d