އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރަން އެމްޓީސީސީއަށް
ފާތިމަތު މިޝްކާ

SHARE
މާފަންނު އަމީނީ މަގުން ހަލާކުވެފައިވާ ސަރަހައްދު އަލުން މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިަ އެވެ.

މާފަންނު ފުޑް ކޯޓާ ދިމާލުން އަމީނީ މަގު ވަރަށް ބޮޑަށް ހަލާކުވެ އެކަން ހައްލުކޮށްދިނުމަށް ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ. އެ ހިސާބުގައި ދުއްވުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތައް ވެސް ގެނައުމަށެވެ.
ހަލާކުވެފައިވާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. އެ މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.


