logo

ގެއްލުނު ތިން މީހުން ހޯދުމަށް, ޑްރޯންއާއި ފްލައިޓެއް ބޭނުންކުރަން ފަށައިފި

އައިޝަތު ހިދާޔާ

6 އޯގަސްޓު 2026 - 06:14
ގެއްލުނު ތިން މީހުން ހޯދުމަށް, ޑްރޯންއާއި ފްލައިޓެއް ބޭނުންކުރަން ފަށައިފި

SHARE

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަވެ ހިނގި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ޑޮރޯންއާއި ފްލައިޓު ބޭނުންކުރަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާ ހިނގީ, ސަޕްލައި ދޯނި ދިޔަވެގެން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނިކޮށް އަޑިއަށް ގޮސްގެންނެވެ. މި ހާދިސާގައި ގެއްލުނީ ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕިއެވެ.

އަށް މީހުންނާއެކު ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ދޯނި އަޑިއަށް ގޮސްފައިވަނީ ބޮޑެތި ރާޅުތައް އަރައި ދޯނި ދިޔަވަމުންދާތީ، އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

View post on Twitter

އެމްއެންޑީއެފް އިން ބުނިގޮތުގައި މި ހާދިސާގައި ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން އެންމެ ފަހުން ބުނީ, މި މީހުން ހޯދުމަށް ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާކަމަށެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ވެސް އެމީހުން ހޯދުމަށް މަސައްކަތް ކުރާކަމަށް ބުންޏެވެ.

މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ވަޞީ އިތުރުވެފައެވެ. މިފަހުން ކޮޅުވެއްޓިއެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާއެއްގައި ގެއްލުނު އިންޑިއާ ދެމީހުން ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑިއެފުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d