logo

ޝިފާޒުގެ އާދޭސް: އަންހެނުން އަނބުރާ ނާންނާނެ، އެކަމަކު ހޮސްޕިޓަލް ރަނގަޅުކޮށްދީ!

ސައިފުﷲ އަލީ

8 ފެބްރުއަރީ 2025 - 14:56
ޝިފާޒުގެ އާދޭސް: އަންހެނުން އަނބުރާ ނާންނާނެ، އެކަމަކު ހޮސްޕިޓަލް ރަނގަޅުކޮށްދީ!

ގއ. ވިލިނގިލީގައި މިއަދު ކުރި އިހްތިޖާޖުގެ ތެރެއިން

SHARE

ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލުން ނިޔާވި އަންހެނުންނާއި ދަރިފުޅުގެ ހައްގުގައި އެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށްދިނުމަށް ޝިފާޒް ޒާހިރު ގޮވާލައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދި ފާތިމަތު ޝިއުނާ މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ނިޔާވެފައެވެ. އަދި އޭގެ ފަހުން އޭނާގެ ދަރިފުޅު ވެސް މަރުވިއެވެ. ޝިއުނާ ނިޔާނީ އެއާ އެމްބިއުލާންސްގައި މާލެ ގެނައުމަށް ކޫއްޑޫ އެއާޕޯޓްގެ ރަންވޭގައި ބާއްވާއި އޮތްތާ ގަޑިއިރަކަށްވުރެ ގިނައިރު ފަހުންނެވެ.

އެކަމާ ގުޅިގެން އެ ރަށު ރައްޔިތުން އަންނަނީ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް އެކިގޮތްގޮތުން އަޑުއުފުލަމުންނެވެ. އެފޮތުން މިއަދު ވިލިނގިލީގައި ވަނީ ސުލްހަވެރި އިހްތިޖާޖެއް ކުރިއަށްގެންގޮސްފައެވެ.

އެ އިހްތިޖާޖުގައި ވާހަކަދައްކަމުން ޝިއުނާގެ ފިރިމީހާ ޝިފާޒް ބުނީ އަންހެނުންނާއި ދަރިފުޅަށް ދިމާވި ފަދަ ހާދިސާއެއް އެހެން މީހަކަަށް ދިމާވާން ބޭނުން ނުވާ ކަމަށެވެ.

އަޅުގަނޑުގެ އެދުމަކީ އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް ފުރިހަމަވުން. އަޅުގަނޑުގެ އަންނުންނާއި ދަރިފުޅު ދެން މި ދުނިޔެއަކަށް ނާންނާނެ. އެކަމަކު އެ ދެމައިންގެ ހައްގުގައި ވެސް އަޅުގަނޑު އެދެނީ ގއ. އަތޮޅު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރަން. އިތުރު މީހަކަށް މިފަދަ ކަމެއް މެދުވެރި ނުވުމަށް
https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ޝިފާޒް ވަނީ އޭނާގެ އަންހެނުން ނިޔާވި ރޭ ކަންހިނގިގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ.

އެ ދެ މައިން ނިޔާވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ހަތަރު މަސް ކުރިން ވެސް އެ ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު މަރުވެފައިވެއެވެ. އަދި އޭގެކުރިން ވެސް އެ ހޮސްޕިޓަލްގެ އިހުމާލުން އެކި ހާދިސާތައް ހިނގާފައިވާ ކަމަށް އިހްތިޖާޖުގެ ބައިވެރިން ބުންޏެވެ.

undefinedގއ. ވިލިނގިލީގައި މިއަދު ކުރި އިހްތިޖާޖުގެ ތެރެއިން

/

ވިލިނގިލީ ރައްޔިތުންގެ ކަންބޮޑުވުމަކީ ގއ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދޭ ހޮސްޕިޓަލް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށްފަހު ތަރައްގީ ވެފައިނުވުމެވެ. އެ ހޮސްޕިޓަލުން އެންއައިސީޔޫގެ ޚިދުމަތް ނުލިބެއެވެ. އަދި ސީޓީ ސްކޭންގެ ޚިދުމަތް ވެސް ނުލިބެއެވެ.

"ގއ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދޭ މި ހޮސްޕިޓަލްގެ އިމާރާތަކީ މައުމޫންގެ ދިގު 30 އަހަރުގައި އިމާރާތްކުރި ތަނެއް. އޭގެފަހުން މިތަނަށް އައި ތަރައްގީއެއް ނެތް. ސަރުކާރަކަށްފަހު ސަރުކާރެއް ނިމިގެންދަނީ،" އިހްތިޖާޖުގެ ބައިވެރިޔަކު ބުންޏެވެ.

ޝިއުނާއަށް ފަރުވާދިން ޑޮކްޓަރު މިހާރު ވަނީ މާލެ ފޮނުވާލާފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/