logo

ޙޫރުލްޢީނުންގެ ވާހަކަ ، ބޭކާރު ވާހަކައެއް ނޫން!

އަލީ ޝައްމާޚް

21 މާރިޗު 2025 - 14:00
ޙޫރުލްޢީނުންގެ ވާހަކަ ، ބޭކާރު ވާހަކައެއް ނޫން!

SHARE

ޣައިބުގެ ކަންތައްތަކަށް އީމާންވުމަކީ އިސްލާމީ ޢަޤީދާގެ އަސާސީ އެއް ރުކުނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މާތްވެގެންވާ ފޮތުގައި އަންގަވާފައިވާ، އަދި އެކަލާނގެ މުއުމިނު އަޅުތަކުންނަށް ޖަންނަތުގައި ވަޢުދުވެވޮޑިގެންފައިވާ ޣައިބީ ކަންތައްތަކުގެ ތެރޭގައި "ޙޫރުލްޢައިން" ހިމެނެއެވެ. ޙޫރުލްޢައިން އަކީ ﷲ ތަޢާލާ އެކަލާނގެއަށް ތަޤުވާވެރި އަޅުތަކުންނަށް ޓަކައި، އެބައިމީހުންގެ އީމާންކަމާއި، ކެތްތެރިކަމާއި، ޞާލިޙު ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން ތައްޔާރުކުރައްވާފައިވާ ޖަންނަތުގެ އަންހެނުންނެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

حور العين އަކީ ދެ ބަހަކުން އެކުލެވިގެންވާ ބަހެކެވެ. "حور" ބަހަކީ "حوراء" ގެ ޖަމްއެވެ. (ގިނަ ގޮތެވެ) މީގެ މާނައަކީ ލޮލުގެ ކަޅުކަން އިންތިހާއަށް ގަދަ އަދި ލޮލުގެ ހުދުކަން އިންތިހާއަށް ގަދަ އަންހެނާއެވެ. އަދި "عين" މިބަހުގެ މާނައަކީ ފުޅާ ރީތި ލޯތައް ހުންނަ (އަންހެނުން) އެވެ. އެބޭކަނބަލުންގެ ޛިކުރު ކީރިތި ޤުރުއާނުގެ އެކި ތަންތަނުގައި އައިސްފައިވެއެވެ. އޭގެ ތެރޭގައި ﷲ ތަޢާލާގެ މިބަސްފުޅުތަށް ހިމެނެއެވެ:

كَذَٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ ( الدخان: 54 )

މާނައީ:" (ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން حورالعين ންނާ ކާވެނިކޮށްދެއްވާހުށީމެވެ."

وَحُورٌ عِينٌ، كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ (الواقعة: 22-23)

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މާނައީ: "އަދި ކަޅިރަވަ ރީތި، حورالعين ން ތިބޭނެއެވެ. (އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ".

ނަބިއްޔާ ﷺ ގެ އެތަށް ޙަދީޘްފުޅެއްގައި ޙޫރުލްޢައިންގެ ސިފަތަކާއި އެބޭކަނބަލުންގެ ރީތިކަން ބަޔާންކުރައްވާފައިވެއެވެ. މާތްވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. :

" لو أن امرأة من نساء أهل الجنة اطلعت إلى الأرض لملأت ما بينهما ريحًا، ولملأت ما بينهما نورًا، ولنصيفها على رأسها خير من الدنيا وما فيها" (البخاري)

މާނައީ: " ސުވަރުގޭގެ އަންހެނުންގެ ތެރެއިން އެންމެ އަންހެނަކުވެސް ބިމަށް ބަލައިލިނަމަ، އެދެމެދު (އުޑާއި ބިމާ ދެމެދު) ހުރިހާ ޖާގައެއް އެބޭކަނބަލުންގެ މީރުވަހުން ފުރޭނެއެވެ. އަދި އެދެމެދު ނޫރުން ފުރޭނެއެވެ. އަދި އެބޭކަނބަލުންގެ ބޮލުގައިވާ ރިދާވެސް ދުނިޔެއާއި ދުނިޔޭގައިވާ އެންމެހައި ތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ."

/

އަދިވެސް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ." އެންމެފުރަތަމަ ސުވަރުގެއަށް ވަންނަ ބައިގަނޑުގެ މީހުން ވާހުށީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ، އެބައިމިހުނަށްފަހު ދެން ވަންނަ ބައިގަނޑު ވާހުށީ އެންމެ ވިދުވަރުގަދަ ތަރިއެއް ފަދައިންނެވެ، އެބައިމީހުންގެ ހިތްތައް ވާހުށީ އެކެއްގެ ހިތް ފަދައިންނެވެ. އެބައިމީހުންގެ މެދުގައި ރުޅިވެރިކަމެއް އަދި ދެބަސްވުމެއް ނުވާހުއްޓެވެ. އެއިން ކޮންމެ މީހަކަށް ދެ އަނބިންވާނެއެވެ. އެކަނބަލުންގެ ރީތިކަމާއިހުރެ އެކަނބަލުންގެ ފައިގެ ކަށިމަތީގެ ކަށިތަކުގެ މަދު، މަސްތަކުގެ ތެރެއިން ފެންނާން ހުންނާނެއެވެ. " (البخاري)

އިސްވެދިޔަފަދައިން ސުވަރުގޭގައި ﷲ ތަޢާލަ މުއުމިނުތަކުންނަށް ދެއްވަވާ ނިޢުމަތްތަކުގެ ތެރެއިންވާ ޙޫރުލް ޢީނުންނަކީ ޙަޤީޤަތެއްކަން ޤަތުޢީ ދަލީލުތަކުން އެހުރީ ފެންނާށެވެ. ވީމާ އެކަނބަލުންނަށް ޢީމާންވުމަކީ އިމާންކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަނބަލުންނަށް މަލާމަތްކުރުމާއި އެކަނބަލުންގެ ވާޙަކަދެއްކުމަކީ ބޭކާރުކަމެއްކަމުގައި ދެކުމަކީ ކުރުން ހެޔޮވާނެ ކަމެއްނޫނެވެ. އެހެނީ އެކަނބަލުންނަށް އީމާންވުމަކީ ޤިޔާމަތްދުވަހު ﷲ ތަޢާލާ މުއުމިނުތަކުންނަށް ސުވަރުގޭގައި ދެއްވަވާ ނިޢުމަތްތަކަށް ޢީމާންވުމުގެ ތެރެއިން ވާކަމެކެވެ. އެނިޢުމަތްތަކަށް އީމާންވުމަކީ ޤިޔާމަތްދުވަހަށް އީމާންވުމުގެ ތެރެއިންވާ ކަމެކެވެ. ޤިޔާމަތްދުވަހަށް ޢީމާންވުމަކީ ޖިބްރީލް ޙަދީޘްގައިވާ ޢީމާންކަމުގެ ހަ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ.

ފަހެ ފިރިހެނުންނާއި އަންހެނުން އެދޭކަންކަން ވަރަށްބޮޑަށް ވަނީ ތަފާތުވެގެންނެވެ. ދުނިޔެވީޙަޔާތަށް ބަލައިލި ކަމުގައިވީނަމަވެސް އެކަން ފެންނާނެއެވެ. ސުވަރުގޭގައި މުއުމިނު ފިރިހެނުންނަށް ދެއްވަވާނޭ ނިޢުމަތްތަކުގެ ތެރެއިން ޙޫރުންނަކީ އެއް ނިޢުމަތެވެ. މުއުމިނު އަންހެނުންނަށްވެސް އެތައްއެތައް ޚިޔާލަށް ނުގެނެވޭފަދަ ނިޢުމަތްތަކެއް ﷲ ތަޢާލާ ވަނީ ތައްޔާރުކުރައްވަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ‎﴿سجدة :١٧﴾

މާނައީ: "ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ."

ޙޫރުންނަށް ޢީމާންވުމުން މުއުމިނު ފިރިހެނާގެ ޙަޔާތުގައި އޭގެ އަޘަރު ފެންނާނެއެވެ. މިގޮތުން މުއުމިނު ފިރިހެނާއަށް ޤިޔާމަތްދުވަހު ލިބެންއޮތް ނިޢުމަށް ހަނދާންވާނަމަ ދުނިޔޭގައި ފާޙިޝްކަންކަމާ ދުރުހެލިވެ، ކެތްތެރިކަން އިސްކުރާނެއެވެ. އަދި އެ ނިޢުމަތްތަށް ހޯދުމަށް ހެޔޮޢަމަލުތަށް ގިނަކޮށް ހެޔޮކަންކަމުގައި ގަދައަޅާ މަސަތްކަތްކުރާނެއެވެ.

ވީމާ ޙޫރުލް ޢީނުންނަށް އީމާންވުމަކީ އަދި އެކަނބަލުންގެ ވާހަކަ ދެއްކުމަކީ ޢީމާންކަމުގެ ރުކުންތަކުގެ ތެރެއިންވާ ޤިޔާމަތްދުވަހަށް އީމާންވުމުގެ ތެރެއިންވާކަމެކެވެ. އެކަމުގެ ސަބަބުން މުޖުތަމަޢަށާއި ފަރުދުންގެ ޙަޔާތަށް ބޮޑެތި އަޘަރުތަކެއް ގެނުވާނެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/