އަޅުގަނޑު ގެފުޅުގެ އުރަކޮޅު ފަހާ ފެކްޓްރީގައި: އުފާވެރި މަންޒަރެއް!

ޢާލިމް އަބްދުއްލަތީފް

ގެފުޅުގެ އުރަކޮޅު ފަހާ ފެކްޓްރީގައި އަޅުގަނޑާއި (ވ) ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު ސާއިލް މަޑުކޮށްލައިގެން —
SHARE
(މައްކާއިން، ޢާލިމް އަބްދުއްލަތީފް)

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި މައްކާއަށް އަަޅުގަނޑު މި ކުރާ ދަތުރުގައި އިއްޔެއަކީ ބޮޑު އުފަލެއް ލިބުނު ދުވަހެކެވެ. ސަބަބަކީ، ވަރަށް ހާއްސަ ކަމެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު އިއްޔެ ލިބުމެވެ.
ކައުބަތުالله ގެފުޅުގެ އުރަކޮޅު ފަހާ ފެކްޓްރީއަށް ދިއުމުގެ ނަސީބު އިއްޔެ އަޅުގަނޑުމެންނަށް ލިބުނެވެ. އެ މަންޒަރު ހަމަ ލޮލަަށް ފެނުމުގެ ނަސީބު ލިބުނީތީ اللهއަށް ޝުކުރު ކުރަމެވެ.
އަަޅުގަނޑުމެން ތިބި ހޮޓަލުން ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރުގެ ދަތުރަކަަށްފަހު އެ ތަނަށް ދެވިއްޖެއެވެ. ސައުދީ ރަސްގެފާނުގެ ދައުވަތަށް ހައްޖަށް އައި އެހެން ގައުމުތަކުގެ މީހުން ވެސް ދިޔައެވެ.
އުރަކޮޅު ފަހާ ތަނަށް ވަދެވުމުން އެނގުނީ މިއީ ކިހާ ބުރަ މަސައްކަތެއް ކަމެވެ. ކިހާ ކަވި މަސައްކަތެއް ކަމެވެ. ފެނުނީ ފޫހިކަމެއް ނެތި އެ މަތިވެރި މަަސައްކަތްކުރުމުގައި މަޝްއޫލުވެ ތިބި މަސައްކަތްތެރިންނެވެ.
.png&w=3840&q=75)
ގެފުޅުގެ އުރަކޮޅު ތައްޔާރުކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެގެންނެވެ. ލިޔެފައި ހުންނަނީ ގުރުއާނުގެ މޫރިތި އާޔަތްތަކެވެ. އުރަކޮޅު ތައްޔާރުކޮށްފައި ހުންނަނީ އެންމެ މޮޅު ފަށުވިންނެެވެ.
ގެފުޅުގެ އުރަކޮޅު އައުކުރުމަކީ މައްކާގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އުރަކޮޅު ބަދަލުކުރަނީ އަހަރަކު އެއްފަހަރުއެވެ. އެއީ ހައްޖު ދުވަހުގެ ހެނދުނު ހައްޖުވެރިން އަރަފާތުގައި ތިބޭ ވަގުތުގައެވެ.

ގެފުޅުގެ އުރަކޮޅުގެ ބައެއް މައުލޫމާތު:
- އުރަކޮޅުގައި 650 ކިލޯ ހުރޭ
- އުރަކޮޅުގައި 150 ކިލޯގެ ރަނުގެ ރޮއްޖާއި 50 ކިލޯގެ ރިހީގެ ރޮދި ބޭނުންކުރޭ
- އުރަކޮޅުގެ އަގަކީ 25 މިލިއަން ސައުދީ ރިޔާލް. އެއީ 6.7 މިލިއަން ޑޮލަރު
- އުރަކޮޅު ފަހަން އަށްމަހާއި 10 މަހުގެ މުއްދަތެއް ހޭދަވޭ
ގެފުޅުގެ އުރަކޮޅުގައިވާ ކަޅު ކުލަ ރަމްޒުކޮށްދެނީ އިސްލާމްދީނުގެ ގަދަރާއި އިއްޒަތާއި ބާރުގެ އިތުރުން ދީނުގެ ސާފު ތާހިރުކަަމެވެ. އަދި ގުރުއާނުގެ އާޔަތްތަކުގެ ތެރެއިން ބޮޑަށް ފާޅުވާން ހުންނާނީ ޝަހާދަތުގެ ދެ ކަލިމައާއި ސޫރަތުލް އިހްލާސްއާއި އާޔަތުލް ކުރުސިއެވެ. އެއީ ތައުހީދުގެ އާޔަތްތަކެވެ.
މިއީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު ނަސީބެކެެވެ. އެ ހަނދާން އާ ކުރާނީ އުފަލުން ތިބެއެވެ.