
ބަނގުރަލުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު-- ފޮޓޯ: ޕޮލިސް
SHARE
ބަނގުރާ އުފައްދައި ވިޔަފާރިކުރި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި ވަނީ މައްޗަންގޯޅި ގެއެއް ބަލައިފާސްކޮށްފައެވެ.
އެ އޮޕަރޭޝަނުގެ ތެރޭގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޕެރިޔަ 44އ އާއި، ސަރަވަނާން ސުބާއިހް 43އ އާއި، ސިތްރިމަން ގަނިސަން 53އ އާއި، ރަވިންދުރަ ކުމާރު 37އ އާއި، ރާޖާ ރަމަލިންގަމް 47އ އެވެ.
މި އެންމެންނަކީ ވެސް އިންޑިއާ މީހުންނެވެ. މި އެންމެން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
.jpg&w=3840&q=75)



