ގެސްޓްހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ސައިފުﷲ އަލީ
20 އޯގަސްޓު 2026 - 16:25

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް --- ފޮޓޯ: ހުރިހާ
SHARE
މާލޭގެ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނިއްޖެއެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނައީމެވެ. އެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު ފަހެއް ފަންސާސް އެކެއް ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި އާންމެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


