ގައްދޫ ކައިރިން ޑައިވިނަށް ފޭބި މަސްވެރިޔަކު މަރުވެއްޖެ
އާއިޝަތު ޝިޔާއު ހުސައިން
7 ޖޫން 2026 - 06:07

ގދ ގައްްދޫ --
SHARE
ގދ. ގައްދޫ ކައިރިއަށް މަހަށް ގޮސް އުޅެނިކޮށް ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު އޭޝިޔާ، އުމުރުން 44 އަހަރުގެ އިސްހާގް ރަޝީދެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 5:40 ހާއިރުއެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން ވަގުތުން ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



