logo

ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑު މަގުންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި, އަދިވެސް ނުފެނޭ

އައިޝަތު ހިދާޔާ

8 އޯގަސްޓު 2026 - 09:44
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑު މަގުންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި, އަދިވެސް ނުފެނޭ

SHARE

މިދިޔަ ބުރާސްފަތި ދުވަހު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަވެ ހިނގި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުންނާއި ވައިގެ މަގުން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށާއި, އަދިވެސް ތިން މީހުން ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާ ހިނގީ, ސަޕްލައި ދޯނި ދިޔަވެގެން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނިކޮށް އަޑިއަށް ގޮސްގެންނެވެ. މި ހާދިސާގައި ގެއްލުނީ ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕިއެވެ.

މި ތިން މީހުން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގައި ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ" އެމްއެންޑީއެފުން ބުންޏެވެ.

މި މީހުން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ވައިގެ މަގުން ޔޫއޭވީ ޑްރޯންއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރެއެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ވެސް އެމީހުން ހޯދުމުގެ އޮޕަރޭޝަންގައި ބޭނުން ކުރެއެވެ.

އަށް މީހުންނާއެކު ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ދޯނި އަޑިއަށް ގޮސްފައިވަނީ ބޮޑެތި ރާޅުތައް އަރައި ދޯނި ދިޔަވަމުންދާތީ، އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން މީގެކުރިން ބުންޏެވެ.

މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. މިފަހުން ކޮޅުވެއްޓިއެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާއެއްގައި ގެއްލުނު އިންޑިއާ ދެމީހުން ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑިއެފުން އަންނަނީ ކުރަމުންނެވެ

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d