logo

ސްޓެލްކޯއިން ޕީކް ސީޒަނަށް ގެނައި ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވަނީ

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

20 ޖެނުއަރީ 2026 - 14:05
ސްޓެލްކޯއިން ޕީކް ސީޒަނަށް ގެނައި ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވަނީ

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން އަލަށް ގެނައި ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ސްޓެލްކޯ

SHARE

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށްވުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސްޓެލްކޯއިން މިއަދު "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށެވެ.

އަދި ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރާ ކަމަށް މައުލޫމާތުދިނެވެ.

މި މަސައްކަތާ ގުޅިގެން ސްޓެލްކޯގެ އޮފިޝަލަކު "ނުކުތާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖުމުލަ 12 ޖަނަރޭޓަރު 12 ރަށަކަށް ފޮނުވާނެކަމަށެވެ.

މިހާރު ޖެނެރޭޓަރުތައް އެބަ ފޮނުވަން، ކާފު އަތޮޅުގެ ފަސް ރަށަށް، އަލިފު ދާލުގެ ތިން ރަށަށް، އަލިފު އަލިފުގެ ތިން ރަށަށް، ދެން ވާވުގެ އެއް ރަށަށް - ސްޓެލްކޯގެ އޮފިޝަލް
/

އަދި މި ޖަނަރޭޓަރުތަކުގެ ތެރޭގައި 600 ކިލޯ ވޮޓުގެ ހަ ޖަނަރޭޓަރާއި، 800 ކިލޯ ވޮޓުގެ ހަތަރު ޖަނަރޭޓަރާއި، އަދި 1000 ކިލޯ ވޮޓުގެ ދެ ޖަނަރޭޓަރު ހިމެނޭކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޮފިޝަލް ވިދާޅުވީރޯދައިގެ ކުރިން އެ ޖަނަރޭޓަރުތައް ރަށްރަށަށް ފޯރުކޮށްދީ ކަރަންޓު ދިނުމުގެ މަސައްކަތް ފަށާނެކަމަށެވެ.

މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/