logo

ރައީސް މައުމޫންގެ ހިސާބު ރަނގަޅު؛ މާަދަމާއަކީ މުލަ ރޯދަ ދުވަސްކަމަށް ނިންމައިފި!

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

17 ފެބްރުއަރީ 2026 - 15:16
ރައީސް މައުމޫންގެ ހިސާބު ރަނގަޅު؛ މާަދަމާއަކީ މުލަ ރޯދަ ދުވަސްކަމަށް ނިންމައިފި!

SHARE

މާދަމާ އަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމީ ވުޒާރާއިން ކަނޑައަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިސްލާމީ ވުޒާރާއިން ދެންމެ ވަނީ ސައުދީ އަރަބިއްޔާއަށް ރޯދައިގެ ހަނދު ފެނުމާއި އެކު، މި މަހުގެ 18ވާ ބުދަ ދުވަހަކީ މި އަަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ނުވަތަ މުލަ ރޯދަ ދުވަސް ކަމުގައި ކަނޑައަޅައިފައެވެ.

ހަނދު ބެލުމުގައި ރާއްޖެއިން އާންމުކޮށް ގެންގުޅޭ އުސޫލަކީ ސައުދީ އަރަބިއްޔާއަށް ހަނދު ފެނުމުން ހަނދު ސާބިތުވީ ކަމަށް ކަނޑައެޅުމެވެ.

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މިއަދު ވަނީ، މާދަމާއަކީ މުލަ ރޯދަ ދުވަހަށް ވާނެ ކަމަށް ފަލަކީ ހިސާބުން ސާބިތުވާކަން ހާމަކުރައްވާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/