ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

އަޙްމަދު ޝާބިން

SHARE
ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފިއެެވެ.

މި މީހާ އަތުލައިގަނެފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު ހިންގި އޮޕަރޭޝަނެއްގައި މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ.
ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 27 އަހަރުގެ ނަޒްމުލް ޙަސަން އެވެ.
މިއޮޕަރޭޝަންގައި ކޯޓުއަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލާފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅި ވަނީ ފެނިފައެވެ. މިޔާއެކު މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މީގެ އިތުރުން، މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ވަނީ ފެނިފައެވެ. ސައިކަލު ވަނީ ތަހުގީގުގެ ބޭނުމަށް ޓޯކޮށްފައެވެ.



