ގަލޮޅު ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި، ބައެއް މީހުންނަށް ފަރުވާދެނީ
ފާތިމަތު މިޝްކާ

ގަލޮޅު ފުންފަޅު ގޭގައި ރޯވެ އަނދަނީ
SHARE
މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ފުންފަޅުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސިފައިންނާއި، ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 22:49ގައި ކަމަށެވެ. އެހާރުން ފެށިގެން އެ ދެ މުއައްސަސާއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ،
މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި އެ ގޭގެ ހަވަނަ ފަންގިފިލާގައި ވަރަށް ބޮޑަށް އެ ވަގުތު ވަނީ ހުޅުހިފާފައެވެ. އަދި، އެ ގޭގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ކޮށްފައެވެ.
އޭގެ ތެރެއިން ބައެއް މީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި ފަރުވާއަށް ގެންދިޔަ ގިނަ މީހުންނަކީ ކުޑަކުދިންނާއި، އެފަދަ ހާލަތްތަކުގައި ހާއްސަ ސަމާލުކަން ބޭނުންވާ މީހުންނެވެ. ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ނޭވާލާން އުނދަގޫ ވުން ފަދަ ކަންކަމުގައެވެ
އެ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.


.jpg&w=3840&q=75)
