logo

އީސީގެ ބަދަލާއެކު ސިއްރުކަން ގެއްލިދާނެތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

4 އޭޕްރީލު 2026 - 08:22
އީސީގެ ބަދަލާއެކު ސިއްރުކަން ގެއްލިދާނެތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

SHARE

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރިފަރެންޑަމްގެ ވޯޓުލުން ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަނުން (އީސީ) ގެނައި ކުއްލި ބަދަލަކާ ގުޅިގެން ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯޓު ކަރުދާހެއް ދޫކޮށްލަން ބޭނުންވާނަމަ އެކަން ރެކޯޑުކޮށް އިއުލާނުކުރަން އީސީން ނިންމި ނިންމުމަކީ ކުރިން އަންގާފައިވާ ކަމެއް ނޫން ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ވޯޓުލާ މަރުކަޒުތަކުގައި އިދާރީ އޮޅުންތައް އުފެދި، ވޯޓުލާ މީހާގެ ސިއްރުކަމަށް ނޭދެވޭ އަސަރުކުރާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ވޯޓުލާންދާ ކޮންމެ މީހަކުވެސް ތިން ވޯޓު ކަރުދާސް ހޯދުމަށް އެދުމަށާއި، ވޯޓުލާނެ ގޮތެއް ނިންމާނީ ވޯޓުލާ ކިއުބިކަލްގެ އެތެރޭގައި ކަމަށް ހެދުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މިއީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.

/

މީގެ އިތުރުން ޓްރާންސްޕޭރެންސީން ހާމަކުރި ގޮތުގައި އެ ޖަމިއްޔާއިން އޮބްޒާވްކުރި 26 މަރުކަޒުގެ ތެރެއިން 23 މަރުކަޒެއްގައި ވޯޓުގެ ސިއްރުކަން ކަށަވަރުވާގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވެއެވެ.

ނަމަވެސް، ޖާގައިގެ ދަތިކަމާހުރެ ނުވަތަ މަރުކަޒު އަތުރާލެވިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ބެލެވޭ މަރުކަޒުތައް އެ ޖަމްޢިއްޔާއިން އަންނަނީ ވަރަށް ގާތުން މޮނިޓާކުރަމުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/