531 ފޮށި ބަންދުކޮށް، 246 ފޮށި ގުނަން ފަށައިފި

އަޙްމަދު ސަދޫފް މޫސާ
4 އޭޕްރީލު 2026 - 13:44

SHARE
މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތައް އަދި ފެންނަ/ނުފެންނަ ވޯޓުގެ އިންތިހާބުގެ 531 ފޮށްޓެއް ބަންދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޖުމްލަ 588 ފޮށީގެ ތެރެއިން 531 ފޮށި ބަންދުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 246 ފޮށި މިހާތަނަށް ގުނަން ފަށައިފައިވާ ކަމަށެވެ.
އެހެންކަމުން މިހާތަނަށް އައިއިރު ބަންދުނުކުރަނީ 57 ފޮށި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް މި އަދަދު ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.


(1).jpg&w=3840&q=75)

