logo

ކުޅުދުއްފުށި މޫދު އަޑިން އުމުރުން ދުވަސްވީ މީހެއްގެ ހަށިގަނޑު ފެނިއްޖެ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

15 އޭޕްރީލު 2026 - 11:28
ކުޅުދުއްފުށި މޫދު އަޑިން އުމުރުން ދުވަސްވީ މީހެއްގެ ހަށިގަނޑު ފެނިއްޖެ

SHARE

ހދ. ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު އެ ރަށު މޫދު އަޑިން ފެނިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާގައި ފެނިފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:48 އެހައިކަންހާއިރު ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު މެންދުރުފަހު 15:00 އެހައިކަންހާއިރު، ކުޅުދުއްފުށީ "ބޮޑަވަކިވާ ބީޗް" މޫދު އަޑިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެމީހާ ފެނުމާއެކު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން އެމީހާގެ ސިއްހީ ހާލަތާ ބެހޭގޮތުން ހޮސްޕިޓަލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެމީހާ ނިޔާވެފައިވާކަން ނުވަތަ ނޫންކަން ހޮސްޕިޓަލުން އަދި ކަށަވަރުކޮށްދީފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/