ހިޔަލަ ގްރޫޕުގެ ރަން ނޫރަލިޔާ ލަވައިގެ ތެރެއިން --
SHARE
1447 ވަނަ އަހަރުގެ އަޟްހާ އީދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކުގައި އެންމެ ގިނަ ޝޯތައް ހުށަހަޅައިދިން ގްރޫޕަކަށް "ހިޔަލަ ޑާންސް" ވެއްޖެއެވެ.

އީދުތަކާއި އެކި މުނާސަބާތަކާ ދިމާކޮށް ފަންނާނުން ރަށްރަށަށް ދަތުރުކުރާ އުސޫލުން، މިއަހަރުގެ އީދުގައި ހިޔަލައިން ވަނީ ރާއްޖޭގެ 6 ރަށަކަށް ޒިޔާރާތްކޮށް ޖުމްލަ 10 ޝޯއެއް ހުށަހަޅައިދީފައެވެ.
ހިޔަލަ ގްރޫޕުން ހުށަހަޅައިދިން ހަރަކާތްތަކުގެ ތެރޭގައި ހަވީރުގެ ވަގުތުތަކުގައި ކުރިއަށްގެންދިޔަ ޒަމާންވީ ސަގާފީ ހަރަކާތްތަކާއި، ރޭގަނޑުގެ ވަގުތުތަކުގައި ހުށަހަޅައިދިން މޮޑާން ނެށުންތައް ހިމެނޭ ކަމަށް އެ ގްރޫޕުން ބުންޏެވެ.
Screenshot
މި ޝޯތައް ހޯސްޓްކޮށްދީފައިވަނީ މަގްބޫލް ނޫސްވެރިޔާ ފާތިމަތު މަދަދާއެވެ. ހިޔަލައިން ޝޯ ދިން ރަށްތަކުގެ ތެރޭގައި ދ. މީދޫ، ދ. ބަނޑިދޫ، ލ. އިސްދޫ، ލ. މާބައިދޫ، ރ. ވާދޫ އަދި ނ. ކެނދިކުޅުދޫ ހިމެނެއެވެ.
ހިޔަލައިން ބުނި ގޮތުގައި ކޮންމެ ރަށަކުންވެސް ހިޔަލަ ގްރޫޕަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ވަކިން ހާއްސަކޮށް ލ. މާބައިދޫއިން އެ ގްރޫޕަށް ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތައް ފާހަގަކޮށްފައިވާއިރު، އެ ރަށުން އެނބުރި މާލެ އައުމަށް ޗާޓާރުސީޕްލޭނެއް ހަމަޖައްސައިދީފައިވާކަން އެ ގްރޫޕުން ފާހަގަކުރެއެވެ.
Screenshot
މި ކާމިޔާބީއާ ގުޅިގެން ހިޔަލައިގެ މެނޭޖަރު "އޭޑީ" ބުނީ ޝޯތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ގިވްއަވޭތަކަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކަމެއް ކަމަށެވެ.
"މި އަހަރު ކުރެވުން ހޯސްޓިން އަދި ގިވްއަވޭތަކަކީވެސް ޝޯތަކަށް ވަރަށް ބޮޑު ފުރިހަމަކަމެއް ގެނެސްދިންކަމެއް. އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމަކޮށް އީދު ޝޯތައް ނެގުމުގެ މަޝްވަރާތައް މިހާރުވެސް ރަށްރަށާއެކު ކުރެވެމުންދަނީ،" އޭޑީ ބުންޏެވެ.
މި ޝޯތަކުގައި ހިޔަލައިގެ މަގްބޫލު ތަރިން ކަމަށްވާ ޝިފާ، އިނޫ، ޝަޒްނާ، ނޮންނަ، އައިޝް އަދި އާލް ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން ހިޔަލައިގެ ވަރުގަދަ ޕްރޮޑަކްޝަން ޓީމުން ވަނީ މިއަހަރުގެ އީދަށް "ރަން ރަން ނޫރަލިޔާ" ގެ ނަމުގައި ސަގާފީ ލަވައެއްވެސް އާންމުންނަށް ދޫކޮށްލާފައެވެ. މީގެ ކުރިން އެ ގްރޫޕުން ނެރުނު "އީދު ބޮމާތި" ލަވަޔަށްވެސް ވަނީ މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައެވެ.
