logo

ހުޅުމާލޭ މާރުކޭޓުގައި ކަރައެއް ކާން މީދަލެއް؛ އާއްމުން ރަތަށް!

ސައިފުﷲ އަލީ

13 ޖުލައި 2026 - 11:00
ހުޅުމާލޭ މާރުކޭޓުގައި ކަރައެއް ކާން މީދަލެއް؛ އާއްމުން ރަތަށް!

ދައުރުވަމުންދާ ވީޑިޔޯގެ ސްކްރީންޝޮޓެއް

SHARE

ހުޅުމާލޭ މާރުކޭޓު ގޮޅިއެއްގައި މީދަލެއް ކަރައެއް ކާ މަންޒަރު ފެންނަ ވީޑިޔޯއެއް ދައުރުވާން ފަށައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އާންމު ފަރުދެއްގެ އެކައުންޓަކުން މި ވީޑިޔޯ ޕޯސްޓުކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

އެ ވީޑިޔޯއަށް ގިނަ ބަޔަކު ކޮމެންޓުކުރަމުން އަންނައިރު ބައެއް މީހުންގެ ކޮމެންޓުތަކުގައި އެއީ ކޮން ގޮޅިއެއްކަން އެ މީހުންނަށް އެނގޭކަމަށް ދޭހަވާގޮތަށް ވެސް ކޮމެންޓުކޮށްފައިވެ އެވެ.

"ދެން އެތަންކޮޅު ވަޅިން ކަނޑާލާފަ އަލުން ރެޕް ކޮށްލާފަ ވިއްކާލާފާނެ،" މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.

އެ މީދާ ކާ އެއްޗެހިތައް މަތީ އުޅުންއިރު އެ މީދާ އެތަނުން ފައްސާލުމަށް އެ ގޮޅީގައި މީހަކު ވެސް ނެތްކަން ވީޑިޔޯއިން އެނގެ އެވެ.

ތާޒާ މޭވާ އާއި ތަރުކާރީ އަދި ދިވެހި އުފެއްދުންތައް ގިނަ ބަޔަކު މާލެ އާއި ހުޅުމާލޭގެ މާރުކޭޓަށް ޒިޔާރަތް ކުރެ އެވެ. އެހެންނަމަވެސް މި ވީޑިޔޯއާއެކު މާރުކޭޓުގައި ހުންނަ މޭވާ އާއި ތަރުކާރީގެ ރައްކާތެރިކަމާ މެދު ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d