logo

މެރިކަލްޗަރ ދާއިރާ ތަރައްގީކުރުމަށް އެކަމަކަށް ހާއްސަކޮށް ރާއްޖޭގެ 10 ސަރަހައްދެއް ކަނޑައަޅައިފި

ފާތިމަތު މިޝްކާ

18 އޯގަސްޓު 2026 - 10:25
މެރިކަލްޗަރ ދާއިރާ ތަރައްގީކުރުމަށް އެކަމަކަށް ހާއްސަކޮށް ރާއްޖޭގެ 10 ސަރަހައްދެއް ކަނޑައަޅައިފި

SHARE

ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އެކަމަށް ހާއްސަ އިތުރު 10 ޒޯން ކަނޑައަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިކަލްޗަރ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދީ، މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މީގެ ކުރިންވެސް ފަސް ސަރަޙައްދެއްގައި މެރިކަލްޗަރއަށް ޚާއްޞަ ޒޯންތަކެއް ޤާއިމުކޮށް، އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ދީފައެވެ.

މެރިކަލްޗަރގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އިތުރު 10 ސަރަހައްދެއް މިހާރު މިވަނީ ކަނޑައަޅާފައެވެ.މިއާއި އެކު ޖުމްލަ 15 ސަރަހައްދެއް މެރިކަލްޗަރއަށް މިވަނީ ކަނޑައަޅާފައެވެ.

އަލަށް ކަނޑައެޅި 10 ސަރަހައްދު:

  1. ތ. އަތޮޅު 2 ސަރަހައްދު
  2. މ. އަތޮޅު 3 ސަރަހައްދު
  3. ފ. އަތޮޅު 2 ސަރަހައްދު
  4. ދ. އަތޮޅު 2 ސަރަހައްދު
  5. ގއ. އަތޮޅު 1 ސަރަހައްދު

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.

މީގެއިތުރުން، މެރިކަލްޗަރ އިންޑަސްޓްރީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދިނުމުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d