މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާކަމުގެ ތުހުމަތުގައި ރަސްދޫން ނުވަ މީހުން ހައްޔަރުކޮށްފި
އައިޝަތު ހިދާޔާ

SHARE
މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާކަމުގެ ތުހުމަތުގައި އއ. ރަސްދޫން ނުވަ މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ :
- ލިލީމީޑް / އއ. ރަސްދޫ، މުހައްމަދު އުލްވާން ރަޝީދު (21އ)
- ގުލްދަސްތާގެ / އއ. ރަސްދޫ، އަހްމަދު އަރީފު (37އ)
- ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ)
- ފެހިވިނަ / އއ. ރަސްދޫ، އަހްމަދު އިކުލީލް (37އ)
- ކާނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު (44އ)
- ކާނޭޝަންމާގެ / އއ. ރަސްދޫ، އަލީ ވަސީމް (44އ)
- ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ (23އ)
- ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު (29އ)
- ބަންގްލަދޭޝް، މެހެދީ ހަސަން (27އ)
ފުލުހުން ބުނީ, މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެި ކަމަށެވެ. މި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
އަދި މުހައްމަދު އުލްވާން ރަޝީދުއާއި، އަހްމަދު އަރީފު އަދި އަހްމަދު މުހައްމަދު ފަސްދުވަހަށް އަދި އަޙްމަދު އިކުލީލް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މިފަހުން ފުލުހުން ވަނީ މާލެއިން ބަނގުރާ އުފައްދާ ނެޓްވޯކެއް ވެސް އަތުލައިގެންފައެވެ.



