logo

ރޭޕްގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާންމުކޮށްފި

އައިޝަތު ހިދާޔާ

25 އޮކްޓޯބަރު 2026 - 09:59
ރޭޕްގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާންމުކޮށްފި

SHARE

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ, މި މީހުން ހައްޔަރުކުރީ ދެކުނުގެ ރަށެއްގައި 22 އަހަރުގެ ޒުވާން އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. ފުލުހުން ބުނީ, ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަވެފައިވާކަމަށެވެ.

ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނުވަ މީހުންނަކީ:

  1. މުހައްމަދު މައިސަން ޝިޔާޒް (21)
  2. މުހައްމަދު އިފްތިޝާމް ޒަރީރު (24)
  3. ނަޖުމުالله ހަސަން (35)
  4. މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20)
  5. މުހައްމަދު ސާލިހް އަހްމަދު (26)
  6. އަހްމަދު ނޫހް ނިޔާޒް (20)
  7. އަލީ ހުޒާމް ސައީދު (31)
  8. އާޒިމް މުފީދު (24)
  9. އަހްމަދު ސާނިޖު ސާދިގު (32)

މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުހައްމަދު ސާލިހު އަހްމަދު އާއި، މުހްއްމަދު މިޝަލް އަހްމަދު ޒުހައިރު އާއި، ނަޖުމުﷲ ހަސަން އަދި އަހްމަދު ނޫހު ނިޔާޒު ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން މުހައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް، އާޒިމް މުފީދު 15 ދުވަހަށް، އަހްމަދު ސާނިޖު ސާދިޤު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަހްމަދު އިފްތިޝާމް ޒަރީރު އާއި އަލީ ހުޒާމް ސައީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ, މިދިޔަ އަންގާރަ ދުވަހުއެވެ. ފުލުހުން ބުނީ, ތުހުމަތުތަކުގެ ސަބަބުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އެރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d