އިގުތިސާދީ އެޖެންޑާގެ ނަތީޖާ ރަނގަޅު، ދަރަނި އަދާކުރަން 13 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފިން: ރައީސް
ސައިފުﷲ އަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ނުކުތާ ފޮޓޯ -- އިބްރާހީމް ޝަމްވީލް
SHARE
ރިޔާސީ އިންތިޚާބަށް އިއުލާނު ކުރެއްވި މެނިފެސްޓޯއާއެކު އެކުލަވާލެއްވި އިގުތިސާދީ މެނިފެސްޓޯއާ އެއްގޮތަށް އަމަލުކުރަން ފަށާފައިވާ އިރު، މިހާތަނަށް އެ އެޖެންޑާގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ މައި ޖަގަހަ، ޕީއެންސީ ހައުސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިކާބާއި، މަޖިލިސް އިންތިޚާބުގައި ވެސް ދިވެހިން ނިންމީ، ގައުމު އޮތް އަނދަވަޅުން އަރައިގަނެ، "ދިވެހީންގެ ރާއްޖެ"އަށް ދަތުރުކުރުމަށް ކަމަށެވެ.
އެމަގުން މަސައްކަތް ކުރުމަށް ސަރުކާރުގެ ކުރީކޮޅު މަޖިލީހުން ދަތިތަކާ ކުރިމަތިވި ނަމަވެސް، އަލަށް ހުވާކުރި މަޖިލީހާއެކު، ދެން އޮތީ މަސައްކަތުގައި ބާރަށް ކުރިއަށް ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
"[އަޅުގަނޑު ދަންނަވާނީ] މިދިޔަ ހަތްމަހާ ފަސްދުވަހުގެ ތެރޭަގައި އިރާދަކުރެއްވީތީ އަޅުގަނޑު ރިޔާސީ އިންތިޚާބަށް ކުރިމަތިލާ އެންމެ ފުރަތަމަ ރިޔާސީ މެނިފެސްޓޯ އިއުލާނުކުރުމަށް ބޭއްވި ޖަލްސާގައި އިއުލާނު ކުރި އިގުތިސާދީ އެޖެންޑާއާ އެއްގޮތަށް ކުރި މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވީތީ ރަނގަޅޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އިގުތިސާދީ މެނިފެސްޓޯގައި އެންމެ މުހިއްމުކަމެއް ދެއްވި ކަމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. އެއީ ކިތައްމެ އުނދަގޫ ފިޔަވަޅެއް ކަމުގައި ވިޔަސް، އޭގެ ނަތީޖާ ރަނގަޅުވާނެތީ، އެކަން ކުރެއްވި ކަމަށާއި، އަދި އެ ފިޔަވަޅުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ވޯލްޑް ބޭންކާއި، އައިއެމްއެފުން ވެސް ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
.png&w=3840&q=75)
މީގެ އިތުރުން ރައީސް ވިދާޅުވީ ދައުލަތުގެ ޚަރަދު ހަމަޖައްސަން ކުރީ ސަރުކާރުން ނެގި ފަދަ ހައި އިންޓްރެސްޓް ލޯނުތަކެއް ވެސް މި ސަރުކާރުން ނަގާފައިނުވާކަމަށެވެ.
މިއިން އެއްވެސް ކަމެއް ކުރުމެއް ނެތި ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް 13 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން، މިދިޔަ ސަރުކާރު ނިމުނުއިރު، އެތެރޭގެ ދަރަނީގެ ގޮތުގައި އަމިއްލަ ކުންފުނިތަކަށް ދައްކަން އޮތް ނުވަ ބިލިއަން ރުފިޔާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބޭރުގެ ދަރަނި ދެއްކުމަށް 2.7 ބިލިއަން ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރު ނިމުނު އިރު ދެ މިލިއަން ޑޮލަރުގައި ހުރި އެސްޑީއެފް ފަންޑު 54 މިލިއަން ޑޮލަރަށް ބޮޑުކޮށްފައވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުން އަންނަ މަހު އަލުން ފެށޭނެ ކަމަށެބެ. އަދި އެއާޕޯޓުގެ އާ ޓާމިނަލުގެ މަދުވެގެން ތިން އޭރޯ ބްރިޖު މި އަހަރު ތެރޭ ބޭނުންކުރަން ފެށޭނެ ކަމަށެވެ.