logo

ލަންކާ އިން ހަދިޔާ ކުރި ހައިވަކަރު ގަސްތައް ބަހަން ފަށައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

3 ޖޫން 2025 - 10:20
ލަންކާ އިން ހަދިޔާ ކުރި ހައިވަކަރު ގަސްތައް ބަހަން ފަށައިފި

SHARE

ލަންކާ އިން ރާއްޖެއަށް ހަދިޔާ ކުރި ހައިވަކަރު ގަސްތައް ބަހަން ފަށައިފި އެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެންވާރަމެންޓް މިނިސްޓްރީ އިން ބުނިގޮތުގައި ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާރު ހުރިހާ އެއާޕޯޓަކަށް ވަނީ މި ގަސްތައް ފޮނުވާފައެވެ. އަދި މިހާރު ހައިވަކަރު ގަސް ބޭނުންވެ ޝައުގުވެރިކަން ފާޅުކުރި ރިސޯޓްތަކަށް ގަސްތައް ބަހަން ފަށައިފައިވާ ކަމަށް ވެސް ބުންޏެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ފާހަގަ ކުރުމަށް ހަަމަޖެހިފައިވާ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

އަދި ދުނިޔޭގެ ތިމާވެށީގެ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފައިވާ ކަން ވެސް ހާމަކުރައްވާފައިވެއެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭ ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 565,000 ގަސް އިންދިފައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/