ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ދެ ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ހުށައަޅައިފި

މަރްޔަމް މާޙީ

SHARE
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ މުހައްމަދު މުއިއްޒު މަޖިލީހަށް ހުށައަޅައިފި އެވެ

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީގައި ތިން ބޭފުޅެއްގެ ނަން ވަނީ މަޖިލީހަސް އިއްވައިފައެވެ. އެއީ, ހައި ކޯޓުގެ ގަނޑިޔާރު މުހައްމަދު ސަލީމާއި, ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދު އެވެ.
މި ނަންތައް ދިރާސާ ކުރުުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މި ދެ ބޭފުޅުން އައްޔަން ކުރަން ރައީސް އަށް ލަފާދޭން ޖޭއެސްސީން ނިންމީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
.png&w=3840&q=75)
އެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެތެރެއިން އެންމެ މަތިން މާކްސް ލިބުނީ ހަމީދާއި ސަލީމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން ސަލީމް ހުންނެވީ ހައިކޯޓުގެ ލީގަލް އޮފިސަރު ކަމުގެ މަގާމުގައެވެ. ހަމީދު ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު އޭނާގެ ލީގަލް އޮފިސަރަކީ ސަލީމެވެ.
ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުން މިދިޔަ ވެރިކަމުގައި ވަކިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަނޑިޔާރުންނަށް ދިން ފްލެޓް އޭނާއަށް ވެސް ލިބިވަޑައިގެންފައިވާތީއެވެ. އޭނާގެ އިތުރުން އެކަމާ ގުޅިގެން އިތުރު ފަނޑިޔާރުންތަކެއް ވެސް މަގާމުން ވަކިކުރިއެވެ. ގިނަ ބަޔަކު ވަނީ އެ ނިންމުމަށް ފާޑުކިޔާފައެވެ.