logo

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާއި ގުޅޭ ބިލު މަޖިލީހަށް ހުށައަޅައިފި

ސައިފުﷲ އަލީ

7 ޖުލައި 2025 - 07:47
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާއި ގުޅޭ ބިލު މަޖިލީހަށް ހުށައަޅައިފި

SHARE

ރައްޔިތުންނާއި ގުޅޭ މުހިންމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އެހުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

"ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގެ ނަމުގައި ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހހިމް ފަލާހު ވަނީ މަޖިލީހަށް ބިލު ހުށައަޅުއްވާފައެވެ. އަދި އެ ބިލުގެ ފުރަތަމަ ލިޔުން ވަނީ ޖަލްސާގައި އިއްވާފައެވެ.

މި ބިލުގައި ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި, ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ގުޅޭ ބަދަލުތަކާއި, ރިޔާސަތުގެ ދައުރާއު ރައީސްސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލުތައް ތަސްދީގު ކުރުމާއި, އަދި ރާއްޖޭހެ ސަރަހައްދާއި ގުޅޭ ކަންކަމުގައެވެ.

ގާނޫނުއަސާސީއަށް އިސްލާހެއް ގަނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލައިފި ހާލަތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ނިންމަން ޖެހޭނެއެވެ. އަދި ގައުމީ މުހިންމު މައްސަލަތަކުގައި އާއްމުންގެ ހިޔާލު ހޯދަން ރައީސްއަށް ފެނިވަޑައިގެންނަވާ ނަމަ ވޯޓަށް އެހިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެފަދަ ހާލަތްތަކާއި އާންމުންގެ ވޯޓަށް އަހަން އެ މަނިކުފާނަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅަން ޖެހެނީ ރައީސް ސޮއި ކުރައްވައި ނެރުއްވާ ގަރާރަކުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ބިލު މަޖިލީހަށް ހުށައަޅާފައިވާއިރު ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ބޭނުންވެފައިވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17ގެ ބަދަލުގައި 11އަށް ބަދަލުކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމާއި އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން ފަދަ ކަންކަން ހިމެނެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/