
SHARE
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޒަމްއަތު އަހްމަދު ވަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމުގައި ހުންނެވި އާމިނަތު އަމީނާގެ ދައުރު މިމަހު 14 އަށް ހަމަވެފައިވާތީއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން އިސްކަން ދެއްވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.
ރައީސް އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތައް:
ޒަމްއަތު އަހްމަދު ވަހީދު، މަލަ، ގދ. ތިނަދޫ
.png&w=3840&q=75)
އިބްރާހީމް އަޝްރަފް، ވ. މަށިވެލި،
ޒީނާ ޒާހިރު، އަތިރީގެ، ގދ. ގައްދޫ
އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
ޝިމްލާ އަހްމަދު، އާސްޓްރަލްގެ، ސ. ހިތަދޫ

އެ ބޭފުޅުންނާ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކުރުމުން އެންމެ މަތިން މާކްސް ލިބިފައި ވަނީ ޒަމްއަތަށެވެ. ދެވަނައަށް އެންމެ މަތީ މާކްސް ލިބުނީ ޒީނާއަށެވެ. އަދި ތިން ވަނައަށް އެންމެ މަތީ މާކްސް ލިބުނީ ޝިމްލާއަށެވެ.