ރައްޔިތަކަށް ކަމެއް ކޮށްދޭން ވީމާ އެކަން ބޮޑުވާ ސަބަބެއް ނުވިސްނޭ: މީކާއިލް
ސައިފުﷲ އަލީ

SHARE
ރައްޔިތަކަށް ކަމެއް ކޮށްދޭން ވީމާ ހަރަދު ބޮޑުވެގެން އުޅޭ އުޅުން އެއްވެސް ގޮތަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހިޔާލުހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލާއި ގުޅޭ ބެހޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު މީކާއިލް ވިދާޅުވީ ފެހިގާނޫނު އަސާސީ ވުޖޫދުކޮށް އަދި ގާނޫނުއަސާސީގައި ވަކިން އެކިއެކި ބާބުތަކާއި އަދި ހާއްސަކޮށް އިންތިހާޝުތަކާއި ބެހޭ ބައި ނިމެނީ އޭރުގެ މަޖިލިސްތަކުން ވަރަށް ބޮޑު ވިސްނުންތަކެއް އޭގައި ހިމަނައިގެން ކަމަށެވެ. އެ ވިސްނުންތެރިކަމުގެ ބޭނުމަކީ ވެރިންނަށް ސަރުކާރުތަކާއި އަދި ވަޒީރުންނާއި ހަމައަށް ރައްޔިތުން ދިއުމަށް މަޖުބޫރުކުރަން ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެކަމުގެ ބޭނުމަކީ ވައުދު ވުމާއި ވައުދު ފުއްދުން ކަމަށެވެ.
ރާއްޖޭގައ އިންތިހާބުތަކާއި ގުޅުވާ ވައުދު ވުމާއި ވައުދު ފުއްދުމުގެ ސަގާފަތް ރާއްޖޭގައި ގާއިމްކުރީ އެމްޑީޕީގެ ބުރަ މަސައްކަތުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މި ފެންނަނީ އަނެއްކާވެސް ކުރީގެ ބޯދާ ވސްނުމާއި އެ ބޯދާ ފިކުރުން އުފަންވި ޕާޓީއަކަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުތަކަށް ވާ އުނދަގޫތަކާއި ވެރންނަށްވާ އުނދަގޫތަކުގެ ވާހަކަދައްކާ މަންޒަރު ކަމަށާއި އެއީ ލަދު ވާހަކަ ކަމަށް މީކާއިލްވިދާޅުވިއެވެ.
“ރައްޔިތެއް ކައިރީގައި އެއްޗެއް އަހާލަން 2 އަހަރުން ނޫނީ 3 އަހަރުން އެއްފަަހަރު ރައްޔިތަކު ބޭނުންވާ ގޮތް ސާފުކުރަން އިންތިހާބެއް ބާއްވަން ވީމާ އިއްޒަތްތެރި ރައީސް، 50 މިލިއަން ރުފިޔާ ވަރަށް ބޮޑުވޭ. އެހެންނަަމަވެސް އެ 50 މިލިއަން ރުފިޔާއިން ތިމާމެންގެ ޕޮލިޓިކަލް ޕާޓީ، ސިޔާސީ ޕާޓީ ުރިއަރުވަން އިއްޒަތްތެރި ރައީސް ވަރުވަރުން ކަތީބުންނާއި ދެންވެސް އޮް އެއްޗަކާއި ފަޅުރަށްތައް ވެސް ބަލަހައްޓަން އެބަހުރި މިސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކުރައްވާފައި”
މީކާއިލް ވިދާޅުވީ ކޮންޓިންޖެންސީ ބަޖެޓުން ޑްރޯން ގަންނަން ޖެހުމުން ރައްޔިތަކު މަތިން ހަނދާން ނުހުންނަ ކަމަށެވެ. މުލިއާގޭ ރެނޮވޭޓްކުރަން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ވީމާ، އެވަގުތު ރައްޔިތުން ނުފެންނަނީ ކީއްވެތޯ މެމްބަރު ވަނީ ސުވާލު އުފައްދަވާފައެވެ. މީކާއިލް ވިދާޅުވީ އެހެންކަމުން ބިލު ފޮނުވި މަގުސަދު އޭގެން ހާސިލް ނުވާ ކަމަށެވެ.
.png&w=3840&q=75)
އަދި މި ބިލަކީ ހަރަދު ކުޑަުރަން ފޮނުވި ބބިލެއް ނޫން ކަމަށް މެމްބަރު މީކައިލް ވިދާޅުވިއެވެ. އަދި މިއީ ރައްޔިތަކަށް ކަމެއް ފަސޭހަކޮށްދޭން ހުށައެޅިބިލެއް ނޫން ކަމަށާއި މިއީ ސަރުކާރަށް ކަންކަން ފަސޭހަކުރަން ހުށައަޅާފައިވާ ބިލެއް ކަމަށެވެ.