logo

މި ވަގުތަށް މުހިންމީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަކަށް މަސައްކަތް ކުރުމެއް ނޫން: މައުރޫފް

ސައިފުﷲ އަލީ

8 ޖުލައި 2025 - 05:24
މި ވަގުތަށް މުހިންމީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަކަށް މަސައްކަތް ކުރުމެއް ނޫން: މައުރޫފް

SHARE

މިވަގުތައް މުހިންމީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލެއްގެ މަސައްކަތެއް ކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެގެން އުޅޭ ކަމަކީ ހިޔާލުހޯދުމުގެ ބިލެއްތޯއެވެ. މައުރޫފް ވިދާޅުވީ ރައްޔިތުން ތިއްބެވީ ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދަރަނިވެރިވެފައި ކަމަށެވެ. ރައްޔިތުން ތިބީ އަސާސީ ބޭސް ނުވަތަ އާސަންދަ ނުލިބިގެން ސަލާން ޖަހަން ކަމަށް މައުރޫފް ވިދާޅުވިއެވެ.

މިވަގުތު ކުރަން އެންމެ މުހިންމު ކަމަކީ މި ބިލުގެ މަސައްކަތްތޯ މައުރޫފް ސުވާލު އުފެއްދެވިއެވެ. މައުރފް ވިދާޅުވީ މިއަށް ވުރެ ޒިންމާދާރު ވާންޖެހޭ ކަމަށާއި ރައްޔިތުންނާއި މެދު ކޮންމެވެސް ވަރަކަށް ވިސްނާލަން ޖެހޭ ކަމަށެވެ. ތަރައްގީގެ އެއްވެސް މަޝްރޫ އެއް ނުހިނގާ ކަމަށާއި ފެށިފައިހުރި ހުރިހާ މަޝްރޫއެއް ވެސްވަނީ ހުއްޓިފައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކުަރަން މިއުޅޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އުމުރު ދެދައުރަށް ދަންމާލުމާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންވެގެން ހަރަދުކުޑަކުރުމުގެ ނިޔަތުގައި އިންތިހާުބުތައް އެއްކޮށްލުމާއި މިކަންކަން ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލިސް ބިޒީވެގެން އުޅެން މިޖެހެނި”

މައުރޫފް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށާއި ރައްޔިތުންގެ ތަރައްގީގެ މަޝްރޫއުތައް ފަށްޓައިދޭން ޖެހޭ ކަމަށެވެ. ނިމިފައި ހުރި މަސައްކަތްތައް ވެސް ރަސްމީކޮށް. ހުޅުވަން ނުކުރިފައި ތިބި ކަމަށާއި، އަދި ކަންކަން ގޮސްފައިވަނީ ރަށްރަށަށްވެސް އަރަން ނުކެރޭ ހަލަތައް ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މީގެއިތުރަށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މައުރޫފް ވަނީ ރައީސް މެމްބަރުންނަށް ފައިސާ ބަހާކަމަށާއި މަޖިލިސްކޮންޓްރޯލް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/