logo

މާފަރުގެ އިހުތިސާސްއިން ފަރުމުލި ވަކިކޮށްފި

މިރާޝް މޫސާ

6 ޖުލައި 2025 - 15:06
މާފަރުގެ އިހުތިސާސްއިން ފަރުމުލި ވަކިކޮށްފި 

SHARE

ނ. މާފަރުގެ ބައެއްގެ ގޮތުގައި މިދިޔަ އަހަރު ކަނޑައެޅުއްވި ފަރުމުއްޔަކީ އެ ރަށުގެ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ރަށެއްގެ ގޮތުގައި "ފަރުމުލި" ވަނީ ރައީސް މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ފަރުމުއްޔާއި ކަނޑިންމާހުރާ އަކީ މީގެ ކުރިން ވެސް މާފަރުގެ ބައެއްގެ ގޮތުގައި އޮތް ދެރަށެވެ. އެ ދެ ރަށާއި މާފަރު ފަޅުގެ 80 ހެކްޓަރު އެ ރަށުގެ އިހުތިސާސްއިން އުނިކުރީ 2020 ވަނަ އަހަރުއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ފުއްދެވުމުގެ ގޮތުން މިދިޔަ އަހަރުގެ އޭޕްރިލް 15 ގައި އެމަނިކުފާނު ވަނީ ކަނޑިންމާހުރާ އާއި ފަރުމުއްޔަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. ނަމަވެސް ފަތުރުވެރިކަމަށް ބޭނުންކުރުމަށް ފަރުމުލި ވަނީ މާފަރުގެ އިހްތިސާސުން މިއަދު ވަކިކޮށްފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/