logo

މާފަރުގެ އިހްތިސާސުން ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

މިރާޝް މޫސާ

6 ޖުލައި 2025 - 17:27
މާފަރުގެ އިހްތިސާސުން  ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

SHARE

ނ. މާފަރުގެ އިހްތިސާސުން މިއަދު ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ބީލަމުގެ ދަށުން ދެނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމަށެވެ.

އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހާއި އަންނަ މަހުގެ 18 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓްރީގެ އީމެއިލް އަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 10ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

undefined

އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ މިނިސްޓްރީގެ އީމެއިލްއަށް ސުވާލުތައް ފޮނުވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

މާފަރުގެ ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ބައްތިޖެހި ރަށާއި ފަރުމުލި، މާފަރުގެ އިހްތިސާސުން ފުރަތަމަ ވަކިކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެއީ 2020 ވަނަ އަހަރުއެވެ.

ރައީސް ސޯލިހުގެ ނިންމުން ބަދަލުކޮށް، ފަރުމުލި އަލުން މާފަރުގެ އިހްތިސާސްގެ ތެރެއަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ އަހަރު އެމަނިކުފާނު ވަނީ އެ ވައުދު ފުއްދުމުގެ ގޮތުން އަލުން އެ ރަށް މާފަރުގެ އިހްތިސާސްގެ ތެރެއަށް ބަދަލުކުރައްވާފައެވެ. ނަމަވެސް މިއަދު ވަނީ އެ ނިންމުން ބަދަލުކުރައްވާފައެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/