އައްޑޫ ސިޓީ ހަންކެޑެ "ހަލާލް ޓޫރިޒަމް" ތަރައްގީކުރާ ރަށެއްގޮތުގައި ހަމަޖައްސައިފި
ސައިފުﷲ އަލީ
.jpg&w=3840&q=75)
SHARE
އައްޑޫ ސިޓީ ހަންކެޑެ "ހަލާލް ޓޫރިޒަމް" ތަރައްގީކުރާ ރަށެއްގޮތުގައި ސަރުކާރުން ހަމަޖައްސައިފިއެވެ.

ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ހަންކެޑެ "ހަލާލް ޓޫރިޒަމް" ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ ނިންމުމާ ގުޅިގެން އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވޭނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިސޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ.
އައްޑޫ ސިޓީގެ ހަންކެޑެ ގައި ތަރައްގީ ކުރާ "ހަލާލް ޓޫރިޒަމް" ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
.png&w=3840&q=75)