ފަތުވެރިކަން ދަށް އަތޮޅުތަކުގައި ރިސޯޓްތައް ތަރައްގީކުރުމުގެ ފުރުސަތު ހުޅުވާލައިފި
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
އައްޑޫ ސިޓީ ޝަންގްލިއްލާ ރިސޯޓް
SHARE
ގިނަ ރިސޯޓްތައް ނެތް އަތޮޅުތަކުގައި ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ ޓޫރިޒަމަށް މިހާރު ހުޅުވާލާފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން އައްޑު އަތޮޅު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީ ކުރާނީ އިންވެސްޓަރުންނަށް ޚާއްސަ ލުއިތައް ދީގެން ކަމަށެވެ. އަދި އެކަމުގެ އިތުރު ތަފްސީލް މި ފެށޭ ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އިތުރު ވަޒީފާތައް އުފެދި، އެ ސަރަހައްދުތައް ތަރައްގީ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުވެރިކަން ފުޅާވެފައި ނެތް އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ރައީސް މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ.
.png&w=3840&q=75)