logo

ލިޔުންތެރިން ވާންޖެހޭނީ ގައުމު ކުރިއެރުވުމަށް ޖިހާދެއްވާ ބަަޔަކަށް: ރައީސް

ސައިފުﷲ އަލީ

8 ޖުލައި 2025 - 06:45
ލިޔުންތެރިން ވާންޖެހޭނީ ގައުމު ކުރިއެރުވުމަށް ޖިހާދެއްވާ ބަަޔަކަށް: ރައީސް

SHARE

ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ލިޔުންތެރީންގެ ދައުރެއް ނެތް ދާއިރާއެއް ޤައުމެއްގައި ނިސްބަތުން ނޯންނަކަކަމަށެވެ. ފަރުދީ، މަދަނީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތަޢުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައިވެސް ލިޔުންތެރީން މުހިންމު ދައުެއް އަދާކުރަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ލިޔުންތެރީންގެ ދައުރު އޮންނަ ހިނދު، ޤައުމީ ޚިދުމަތުގައި ލިޔުންތެރީން އަދާކުރަން ޖެހޭ ޒިންމާ އާއި ލިޔުންތެރިކަމުގެ މުހިންމު ކަން ބޮޑު ކަމަށެވެ. އެގޮތުން ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭކަމަށާއި، ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ގެއްލުން ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ދިވެހި ޤައުމު ބިނާކުރުމުގައި، ލިޔުންތެރީން އެކި ދާއިރާތަކުން މުހިންމު ޚިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށާއި، އާ ޚިޔާލުތަކާއި އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިކުރުމަށް ރައިސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާގެ އަގުވަޒަންކުރައްވައި، ލިޔުންތެރިންނަށް ތާރީފުގެ ބަސްތަކާއި ދުވަހުގެ ތަހުނިޔާ ރައީސް ވނީ އަރިސް ކުރައްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ލިޔާށެވެ. މަގުދައްކާށެވެ."

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/