logo
World Cup 2026

ރޭ ކުރިއަށް ގެންދިޔަ ރެއިޑެއްގައި 14 ބިދޭސީއަކު ހައްޔަރުކޮށްފި

ޢާއިޝަތު ޢަލްޔާ ޢާރިފް

ޢާއިޝަތު ޢަލްޔާ ޢާރިފް

2 ޑިސެމްބަރު 2024 - 08:53
ރޭ ކުރިއަށް ގެންދިޔަ ރެއިޑެއްގައި 14 ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަންސް އިން ރޭ ފާސްކުރި އެކޮމޮޑޭޝަން ބްލޮކް -- ފޮޓޯ: އިމިގްރޭޝަން

SHARE

އިމިގްރޭޝަން ގެ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންއެއްގައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ 14 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިމިގްރޭޝަންސް އިން ބުނާ ގޮތުގައި މި ރެއިޑުން ވަނީ ހުޅުމާލޭގައި، އާންމު ސިއްހަތަށް ގެއްލުން ވާގޮތަށް ހުރި ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލާ ފާސްކޮށްފައެވެ. މި މަސައްކަތުގައި ފުރަތަމަ އެކޮމޮޑޭޝަން ބްލޮކުން ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ދެވަނަ އެކޮމޮޑޭޝަން ބްލޮކުން ބިދޭސީ ތިން އަންހެނުންނާއި ދެ ފިރިހެނުން ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން މާލޭގައި ކުރިން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، އެތައް ހާސް ބަޔަކު ވަނީ ޑިޕޯޓްކޮށްފައެވެ. އަދި މިހާރު މި އޮޕަރޭޝަންތައް ރަށްރަށަށް ފުޅާކުރުމާއެކު، އިތުރު ރަށްރަށުގައިވެސް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d