ފުޅާ ދާއިރާއެއްގައި ހަށިވިއްކަން އުޅުނު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މަރްޔަމް މަޢާޝާ އިލްޔާސް

މައްސަލާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން--
SHARE
ފުޅާ ދާއިރާއެއްގައި ހަށިވިއްކަން އުޅުނު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާކަމަށް މައުލޫމާތު ލިބުމާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއްކޮށްފައިވާކަމަށެވެ. އަދި މި އޮޕަރޭޝަންގައި ވިއެޓްނާމްގެ ހަތަރު އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި އެއް ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ޕޯސްޓުގައިވެއެވެ.
އޭގެ ތެރެއިން ތިން އަންހެނުން ރާއްޖޭގައި އުޅެމުންދިޔައީ ވޯކް ވިސާގައިއެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެތަނުން އެއް އަންހެނަކު ޑީޕޯޓުކޮށްލާފައިއެވެ. ބާކީ ތިބި ހަތަރު ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.




