logo

ތަހުގީގީ އިދާރާތަކަށް، ކައުންސިލްތަކުން އެއްބާރުލުން ދޭންޖެހޭ: އެލްޖީއޭ

މަރްޔަމް މަޢާޝާ އިލްޔާސް

މަރްޔަމް މަޢާޝާ އިލްޔާސް

29 ޖެނުއަރީ 2025 - 06:56
ތަހުގީގީ އިދާރާތަކަށް، ކައުންސިލްތަކުން އެއްބާރުލުން ދޭންޖެހޭ: އެލްޖީއޭ

SHARE

ތަހުގީގީ އިދާރާތަކަށް، ކައުންސިލްތަކުން އެއްބާރުލުން ދޭންޖެހޭ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން އަންގައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވާން ގާނޫނުން ލާޒިމް ކުރާއިރު، ބައެއް ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރަން ކައުންސިލްތަކުން ހުރަސް ނޭޅުމަށް އެލްޖީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އިދާރާތަކުގެ އެންގުންތަކަށް ބޯލެނބުމަށް ވަނީ އަންގާފައިއެވެ.

އެލްޖީއޭއިން މިގޮތަށް އަންގާފައި ވަނީ ގދ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވަނިކޮށެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބުނު ނަމަވެސް، ގާނޫނުއަސާސީ އާއި އޭސީސީގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާކަމަށް އޭސީސީން ވަނީ ބުނެފައިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/