logo

ތިނަދޫ ކައުންސިލަރުންނާއި ބައެއް މުވައްޒަފުންގެ ބަޔާންތައް ނަގަން ފަށައިފި

ފާތިމަތު މިޝްކާ

22 އޭޕްރީލު 2025 - 12:19
ތިނަދޫ ކައުންސިލަރުންނާއި ބައެއް މުވައްޒަފުންގެ ބަޔާންތައް ނަގަން ފަށައިފި

ތިނަދޫ ސިޓީގެ މޭޔަރާއި ބައެއް ކައުންސިލަރުން

SHARE

މަރުވެފައި ތިބި މީހުންނާއި އެކި ރަށްތަކުގެ މީހުން ގދ. ތިނަދޫގެ ދަފްތަރުގައި ޖައްސައިގެން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދަން ގާނޫނާ ޚިލާފު އަމަލެއް ހިންގި މައްސަލައިގެ ތަހުގީގަށް އެ ރަށުގެ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންނާ ފުލުހުން ސުވާލުކުރަން ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ތިނަދޫ ކައުންސިލްގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބައެއް ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ ބަޔާންތައް ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޓީމެއް ތިނަދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވި ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަހްމަދު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައިވާ މައުލޫމާތުތަކަށް ބަލާއިރު، ތިނަދޫގެ އާބާދީއަކީ ހަތްހާހެއްހާ މީހުންކަން ކަށަވަރު ކުރެވޭ ކަމަށެވެ. ގާނޫނު ބުނާގޮތުން ސިޓީއެއްގެ ދަރަޖަދެވޭނީ 10،000 މީހުންގެ އާބާދީއެއް އޮންނަނަމައެވެ.

އެ ރަށަށް ސިޓީއެއްގެ ދަރަޖަދީފައި ވަނީ ރަށު ކައުންސިލުން 10،000 މީހުންގެ އާބާދީއެއް އެރަށުގައި އޮތް ކަމުގެ ލިސްޓެއް ހުށަހެޅުމުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އޭނާ ވިދާޅުވީ ތިނަދޫ ކައުންސިލުން އެކުވަލަވާލި އެ ރަށު ރަށްވެހީންގެ ރަޖިސްޓްރީއަށް ބަލާއިރު، އޭގައި މަރުވެފައިވާ 40 ވަރަށް މީހުން އެބަތިބި ކަމަށެވެ.

ތިނަދޫ ރަށްވެހީންގެ ރަޖިސްޓްރީއަށް ބަލާއިރު ގދ. މަޑަވެލީގެ 145 މީހެއްގެ ނަން ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެއިތުރުން ވެސް ގދ. އަތޮޅުގެ އެހެނިހެން ބައެއް ރަށްތަކުގެ ރަޖިސްޓްރީގައި ތިބި މީހުން އެބަތިބި ތިނަދޫ ކައުންސިލުން އެކުލަވާލި ރަށްވެހީންގެ ރަޖިސްޓްރީގައި ހިމަނާފައި،" ރާޣިބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މަރުވެފައިވާ އޭނާގެ އާއިލާގެ ބައެއް މީހުން ވެސް ތިނަދޫ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށެވެ.

/

"އަޅުގަނޑުގެ އަންހެނުން މާލެއަށް ރަޖިސްޓްރީ ބަދަލުވިތާ 25 ވަރަކަށް އަހަރު ވެދާނެ. އެކަމަކު ތިނަދޫ ރަށްވެހީންގެ ރަޖިސްޓްރީގައި އަންހެނުންގެ ނަން އެބައޮތް. އަންހެނުންގެ މާމަ ނިޔާވިތާ 8 ވަރަކަށް އަހަރު ވެދާނެ. އެކަމަކު ތިނަދޫ ރަށްވެހީންގެ ރަޖިސްޓްރީގައި އެބައޮތް. އަންހެނުންގެ ބޮޑުބޭބެ ނިޔާވިތާ ވިއްސަކަށް އަހަރު ވެދާނެ. ހަމަ އެ ރަޖިސްޓްރީގައި އެބައޮތް. އެހެންވީމަ މިއީ ވަރަށް ސާފު މައްސަލައެއް. ގާނޫނާ ޚިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް މިއީ،" ސައުދުﷲ ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/