logo

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފި

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފި

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން

SHARE

މާލޭގައި ޒުވާނުން ރޭ ކުރި މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރޭ ކުރި މުޒާހަރާ ވަކި ހިސާބަކުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ.

ފުލުހުން ހައްޔަރުކުރީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އަހްމަދާއި ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް މާޖިދެވެ.

"ނުކުތާ"އަށް އެނގިފައިވާގޮތުގައި އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހާފައެވެ.

އެއްވެސް ޝަރުތަކާ ނުލައި އެ ދެ މީހުން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ އެ ދެ މީހުން ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލަމުންނެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/