logo

މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މިރާޝް މޫސާ

5 މޭ 2025 - 16:40
މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

SHARE

މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 20:35 ހާއިރު ސަބްދެލިމަގު ޗާންދަލިޔާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޒަޚަމްވެފައިވާ މީހާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންނެވެ. އެ މައްސަލަތަކުގައި މީހަކު ހައްޔަރުކުރިކަން މިހާތަނަށް ފުލުހުން ބުނެފައެއްނުވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/