logo

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ބާރަށުން 8 މީހަކު ހައްޔަރު ކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

5 މޭ 2025 - 11:00
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ބާރަށުން  8 މީހަކު ހައްޔަރު ކޮށްފި

SHARE

ހއ. ބާރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 5 މޭ 2025 ވަނަ ދުވަހުގެ 07:00 އިން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގެ ތެރެއިން ރަށުގެ އަށް ތަނެއް ބަލައި ފާސްކޮށް، މައްސަލަ އާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ ބައެއް ތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސުވާލު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައެވެ.

މިމައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/