މަރުގެ މައްސަލަތަކުގެ ތަހުގީގުގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކޮށްފި

ޢާލިމް އަބްދުއްލަތީފް

SHARE
މަރުގެ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.

"ނުކުތާ"އަށް އެނގިފައިވާގޮތުގައި ސާމިހު ބަދަލުކޮށްފައި ވަނީ ތަހުގީގުތަކުގެ ފެންވަރު ބަލަން ކަނޑައަޅާފައި އޮންނަ ޑިޕާޓްމެންޓަށެވެ.
ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ކްރިމިނަލް އިންވެސްޓިގޭޓަރުންގެ ތެރޭގައި ހިމެނޭ ސާމިހު ކުރިން ހުރި މަގާމުން ވަކިކުރި ސަބަބެއް އަދި ނޭނގެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
ސާމިހުއަކީ މަރުގެ ތަހުގީގުތަކާއި ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތަހުގީގާ ގުޅޭގޮތުން ރާއްޖެއިން ބޭރުން އެތަކެއް ތަމްރީނު ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.
.png&w=3840&q=75)
މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ލީޑްކޮށްފައި ވަނީ ވެސް ސާމިހުގެ ބެލުމުގެ ދަށުންނެވެ. ސާމިހު އާއިލާއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ޔުމްނުގެ އާއިލާގެ ފަރާތުން ވަނީ އޭނާ ވަޒީފާއިން ވަކިކުރަން ޑިމާންޑްކޮށްފައެވެ.
"ނުކުތާ"އާ ވާހަކަދެއްކެވި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ސާމިހުއަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"ސާމިހުއާ ގުޅުވައި ދައްކަވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. ރަނގަޅަށް މައްސަލަ ބެލީމަ އެނގޭނެ ސާމިހުގެ ކުށެއް ނެތްކަން. އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތު މިފަދަ ޕްރޮފެޝަނަލް ބޭފުޅުންގެ ބޮލުގައި އަޅުވައި އަގުވައްޓާލުމަކީ ވަރަށް ދެރަ އަދި ހިތާމަކުރަންޖެހޭ ކަމެއް،" އޮފިޝަލް ވިދާޅުވިއެވެ.