logo

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

6 މޭ 2025 - 06:24
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

SHARE

ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 08:30 އެހައިކަންހާއިރު ކަމަށާއި, އެ މައްސަލަ ހުށަހެޅުމާއެކު އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފައިވާ ކަމަށެވެ.

ހިޔާޓަވަރު އަށަކުން ސްކޫލަށް ދިޔަ އެ ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން.ބުންޏެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/