އެކްސިޑެންޓްވި އަންހެނެއްގެ ސިކުނޑީގެ އޮޕަރޭޝަނެެއް ކުރިފަހުން ހާލު ސީރިއަސްވެއްޖެ

ޢާލިމް އަބްދުއްލަތީފް

ގދ. ތިނަދޫ -- ފޮޓޯ: ގާފު
SHARE
މީގެ 10 ދުވަސް ކުރިން ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ތިނަދޫ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. އެއީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3:47 ހާއިރު ހިނގި އެކްސިޑެންޓެކެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ބޮލަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ.
ފުލުހުން ބުނީ ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު އިންފެކްޝަނެއް އުފެދި އޭނާގެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ.
"މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
.png&w=3840&q=75)
އެ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.