logo

ފުލުހުންގެ ތަމްރީނުގައި އުޅެނިކޮށް ނިޔާވި ގާއިސް އުފަން ރަށުގައި ވަޅުލައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

8 މޭ 2025 - 10:58
ފުލުހުންގެ ތަމްރީނުގައި އުޅެނިކޮށް ނިޔާވި ގާއިސް އުފަން ރަށުގައި ވަޅުލައިފި

SHARE

ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަން ގޮސް އުޅެނިކޮށް ނިޔާވި ހުސައިން ގާއިސް އުފަން ރަށުގައި ވަޅުލައިފި އެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އިއްޔެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އުމުރުން 34 އަހަރުގެ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް އެވެ. ގާއިސް ވަޅުލައިފައިވަނީ އޭނާގެ އުފަން ރަށް ސ.ހުޅުދޫގައި މިއަދު ހެނދުނު އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު 4:21 ހާއިރު ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ދަރިވަރުންނަށް ގޮވަމުން ދިޔައިރު ގާއިސްގެ ޚަބަރެއް ނެތި އޮތްކަން ފާހަގަވެގެން 4:27ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން 4:48ގައި އިތުރު ފަރުވާއަށް އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އެއަށްފަހު އެ ދުވަހުގެ 13:22ގައި އެއާ އެމްބިއުލާންސްގައި އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށިއެވެ. މާލެ ގެނައިގޮތަށް އޭނާއަށް ފަރުވާދޭން ފެށީ ވެންޓިލޭޓަރުގެ އެހީގައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/