
ޕޮލިސް ކޮންސްޓަބްލް އަލްމަރުހޫމް ހުސައިން ގާއިސް
SHARE
ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަން ގޮސްހުރި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް އެވެ. އޭނާ މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު 4:21 ހާއިރު ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ދަރިވަރުންނަށް ގޮވަމުން ދިޔައިރު ގާއިސްގެ ޚަބަރެއް ނެތި އޮތްކަން ފާހަގަވެގެން 4:27ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.
ޑޮކްޓަރުގެ ލަފާގެ މަތިން 4:48ގައި އިތުރު ފަރުވާއަށް އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ގެންދިޔައެވެ.
އެއަށްފަހު އެ ދުވަހުގެ 13:22ގައި އެއާ އެމްބިއުލާންސްގައި އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށިއެވެ. މާލެ ގެނައިގޮތަށް އޭނާއަށް ފަރުވާދޭން ފެށީ ވެންޓިލޭޓަރުގެ އެހީގައެވެ.
.png&w=3840&q=75)
"މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވަމެވެ. އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމެވެ." ފުލުހުން ބުންޏެވެ.